ކުޅިވަރު

ކުޓީނިއޯ ގަތުމަށް ބާސެލޯނާއާއިއެކު ނިއުކާސަލުން މަޝްވަރާތައް ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ބްރެޒިލްގެ މިޑްފިލްޑަރ ފިލިޕް ކުޓީނިއޯ ގަތުމަށް ނިއުކާސަން ޔުނައިޓެޑުން ބާސެލޯނާއާއިއެކު މަޝްވަރާތައް ފަށައިފިއެވެ.

Ads by Hajj Corporation

ނިއުކާސަލް ޔުނައިޓެޑަކީ ކުރިއަށް އޮތް ޓްރާންސްފަރގައި އެންމެ ބޮޑަށް ހަލަބޮލިކޮށް ފެންނާނެ އެއް ކުލަބެވެ. ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އޮތް ކުންފުންޏަކުންވަނީ މިދިޔަ މަހު އިނގިރޭސި ކުލަބު ނިއުކާސަލް ޔުނައިޓެޑް ގަނެފައެވެ. އަދި އަންނަ ސީޒަނަށް ކުލަބު ވަރުގަދަ ކުރުމަށް ކުލަބުގެ ކޯޗުން ބޭނުންވާ ކުޅުންތެރިން ގެންނަން ވެރިން ތިބީ ތައްޔާރަށެވެ.

ނިއުކާސަލް ޔުނައިޓެޑުން އެންމެ ފުރަތަމަ ގަންނަން މަސައްކަތްކުރަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅެމުން އަންނަ މިޑްފިލްޑަރ ފިލިޕް ކުޓީނިއޯއެވެ. ބާސެލޯނާގެ ރަސްމީ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިޔާ ވިއްކާލާނެކަމަށް ބެލެވެނީ 50 މިލިއަން ޕައުންޑަށެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ނިއުކާސަލް ޔުނައިޓެޑުގެ މަންދޫބުންވަނީ ކޮޓީނިއޯގެ އާޖެންޓާއިއެކު މަޝްވަރާތައް ފަށާފައެވެ. ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ކުޅުނު ކުޓީނިއޯ ހުރީ އެނބުރި އިނގިރޭސި ލީގަށް އައުމަށް ބޭނުންވެފައެވެ. ސަބަބަކީ މިހާތަނަށް ކުޓީނިއޯއަށް ކެރިއަރުގައި އެންމެ މޮޅަށް ކުޅެވުނީ ޕްރިމިއަރ ލީގުގައި ކަމަށްވުމެވެ.

ކުޓީނިއޯ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑްގެ އިތުރުން އިނގިރޭސި ކުލަބު އެވަޓަންއާއި، ޓޮޓްނަމުންވެސް ޝައުގުވެރިވެއެވެ. އަދި މީގެ އިތުރުން ޗެލްސީންވެސް ކުޓީނިއޯ ލޯން އުސޫލުން ގެންނަން މަސައްކަތްކުރިކަމަށް މީޑިޔާތަކުން ރިޕޯޓްކުރިއެވެ. ނަމަވެސް ޗެލްސީން މިހާރު އެކަން ހުއްޓާލާފައިވާކަމަށްވެއެވެ. ސަބަބަކީ ކުޓީނިއޯއަށް ދައްކަން ޖެހޭ ފީ ކުޑަކުރަން ބާސެލޯނާއިން ދެކޮޅު ހެދުމެވެ.

ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑުން އަންނަނީ ކުޓީނިއޯގެ އިތުރުން ދުނިޔޭގެ މަޝްހޫރު އިތުރު ކުޅުންތެރިންނަށްވެސް ފާރަލަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ ގެރެތް ބޭލްއާއި، ޕީއެސްޖީގެ އެޑިންސަން ކަވާނީ ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!