ރާއްޖޭ ކުޅިވަރު ފުޓްބޯޅަ

އަންހެން ކުދިންގެ ކެޓަަގަރީއާއެކު މިއަހަރުގެ އިންޓަރސުކޫލް ފުޓްބޯޅަ މުބާރާތް ތިން އުމުރުފުރާ އަކަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަންހެން ކުދިންގެ ކެޓަގަރީ ހިމަނައިގެން މިއަހަރުގެ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތް ތިން އުމުރުފުރާއަކަށް ބާއްވަން ނިންމައިފިއެވެ.

Ads by MWSC

އެފްއޭއެމްގައި “ދެން”އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި 2021 ވަނަ އަހަރަށް އެފްއޭއެމުން ރާވާފައިވާ ކަންކަން ފާހަގަ ކުރައްވަމުން އެ އެސޯސިއޭޝަންގެ އެލީޓް އެންޑް ޔޫތު ޑިވަލޮޕްމެންޓްގެ ހެޑް އަހްމަދު ޝާކިރު (ޝާކިއްޓޭ) ވިދާޅުވީ މިއަހަރުގެ އިންޓަރސުކޫލް ފުޓްބޯޅަ މުބާރާތް ތިން އުމުރު ފުރާއަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އިންޓަރސުކޫލް މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާކިއްޓޭ ވިދާޅުވީ، އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރު އިންޓަރސުކޫލް މުބާރާތް އަންހެން ކުދިންނަށް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އިންޓަރސުކޫލް މުބާރާތް ތިން އުމުރުފުރާއަކަށް ބޭއްވުމަށް ނިންމާފައިވީ ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް އައި ބަދަލުތަކާއެކު، މި މުބާރާތް 2022 ވަނަ އަހަރަށް ފަސްވެގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމުގައި ޝާކިއްޓޭ ވިދާޅުވިއެވެ.

އިންޓަރސުކޫލް މުބާރާތްތަކަކީ ގިނަ ދަރިވަރުންތަކެއް އިންތިޒާރު ކުރާ މުބާރާތެކެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ 2020 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި މުބާރާތް ބޭއްވިފައެއް ނުވެއެވެ. އަދި އެންމެ ފަހުން އިންޓަރސުކޫލް މުބާރާތް ބޭއްވުނީ 2019 ވަނަ އަހަރުގައެވެ.

އެ އަހަރު ވެސް 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އަދި 18 އަހަރުން ދަށުގެ އުމުރުފުރާއަަަށް މި މުބާރާތް ކުރިއަށް ގެންދެވުނެވެ. އެ އަހަރުގެ 15 އަހަރުން ދަަށުގެ ޗެމްޕިއަން ޓީމަކީ ހިރިޔާ ސުކޫލެވެ. އަދި 18 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލެވެ.

Ads by Allied Insurance
  1. ބިސްބެ

    ސަޅި