ޚަބަރު

ޖިންސީ ގުޅުން ހިންގަން އަންހެން ކުއްޖަކު ގްރޫމް ކުރުވި މައްސަލައެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގަން އެކުއްޖާ ގްރޫމް ކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ނޯތު ސެންޓްރަލް ޑިވިޝަން (ކ،އއ،އދ،ވ)ގެ ރަށެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޮޅުވާލައިގެން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، ނުވަތަ ގްރޫމް ކުރުމަކީ މިހާރު މިރާއްޖޭގައި ވެސް ހިނގަމުން އަންނަ ނޭދެވޭ ޢަމަލެކެވެ. މިފަދަ މައްސަލަތައް މިހާރު އިތުރުވަމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކުން ދަނީ މިފަދަ ކަންކަމާ ގުޅޭގޮތުން މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިންނާ ވެސް ވާހަކަ ދައްކާ ނަސޭޙަތް ދެމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!