ދުނިޔެ

ކޮވިޑް-19: އެމެރިކާއިން ބަލީގެ މުޅިން އާވޭރިއަންޓެއް ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Travellers walk outside of King's Cross station as the British government imposes a stricter tiered set of restrictions amid the coronavirus disease (COVID-19) pandemic, in London, Britain, December 20, 2020. REUTERS/Toby Melville

ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމަށް ވަކާލާތު ކުރާ އެމެރިކާއިން ކޮވިޑް-19 ގެ މުޅިން އާވޭރިއަންޓެއް ފެނިއްޖެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ކޮވިޑް-19 ގެ އާވޭރިއަންޓް ފެނިފައިވަނީ އެމެރިކާގެ ކެލިފޯނިއާ އިންކަ މަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މިއީ އެހެން އެއްވެސް ޤައުމަކުން އަދި ފެނިފައިނުވާ ވައްތަރެއްގެ އާވޭރިއަންޓެކެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ކެލިފޯނިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރުވަމުން އަންނަނީ، ކޮވިޑް-19 ގެ އާވޭރިއަންޓު ކެލިފޯނިއާގައި ހަލުވިކޮށް ފެތުރެމުން އަންނާތީއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި މިވޭރިއަންޓުގެ ސަބަބުން ބަލި ފެތުރުން އަވަސްވި ނަމަވެސް، ބަލިޖެހޭ ނިސްބަތަށް ބަލާއިރު ގިނަ ބަޔަކު މަރުވާކަން ދެނެގަތުމަށްޓަކައި އިތުރު ތަހުލީލުތައް ހަދާ، ދިރާސާ ކުރަން ޖެހެއެވެ.

ކޮވިޑް-19 ގެ މުޅިން އާވޭރިއަންޓެއް އެމެރިކާއިން ފެނިފައިވާއިރު، އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓު ވެސް އެމެރިކާ ގައި ދަނީ ފެތުރެމުންނެވެ. އެގޮތުން އެމެރިކާގެ 18 ސްޓޭޓަކުން މިހާރު ވަނީ އިނގިރޭސިވިލާތުގެ ކޮވިޑް ވޭރިއަންޓު ފެނިފައެވެ.

އެމެރިކާގެ އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކާރު ޑރ.އެންތަނީ ފައުޗީ ވިދާޅުވީ އިނގިރޭސިވިލާތުގެ ވޭރިއަންޓް މިހާރު އެމެރިކާގައި ފެތުރެމުންދާ ނިސްބަތައް ބަލާއިރު އެމެރިކާގައި ހަމައެކަނި "އިނގިރޭސިވިލާތުގެ ވޭރިއަންޓް" އޮތް ގައުމަކަށް ނުވަތަ ފައްސިވާ ގިނަ މީހުންނަކީ އިނގިރޭސިވިލާތުގެ ވޭރިއަންޓްގެ މީހުންނަށްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!