ޚަބަރު

ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ރައީސް މިއަދު ގައުމާ މުޚާތަބު ކުރައްވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޤައުމާ މުޚާތަބު ކުރައްވަން ނިންމަވައިފިއެވެ.

Ads by MWSC

ރައީސް މިއަދު ޤައުމާ މުޚާތަބު ކުރައްވާނީ މެންދުރު 14:00 ގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު މެންދުރު ރައީސް ދެއްވާ ޚިތޯބުގައި ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވާނެއެވެ.

ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވަން ނިންމާފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ވެކްސިން މިއަދު މެންދުރު ރާއްޖެ ގެންނާނެ ކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓުކުރެއެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ގެ އެއް ލައްކަ ޑޯޒެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!