ހަތް ލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއިން ގަންނާނެ: ނަޒްލާ

އެސްޓްރާ ޒެނިކާއެކު ރާއްޖެއިން ސޮއި ކޮށްފައި ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަންނަން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުއެއްގައި ނަޒްލާ ވިދާޅުވީ، ރާއްޖެއިން އެސްޓްރާ ޒެނިކާގެ ވެކްސިން ގެންނަން ސޮއި ކޮށްފައިވަނީ ސިންގަޕޫރުގައި ހުންނަ އެ ގައުމުގެ ބްރާންޗާ ދެމެދު ކަމަށެވެ.
މީގެ އިތުުރުން ވެކްސިން ޖަހަން ފަށާނީ އެކަމަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ވިދާޅު ވި ނަމަވެސް ވެކްސިން ޖަހަން ފެށޭނެ ސީދާ ތާރީހެއް ނަޒްލާ ވިދާޅެއް ނުވެއެވެ.
މިއަދު އިންޑިއާއިން ރާއްޖެ އަށް ގެނައި އެއް ލައްކަ ޑޯޒްގެ ވެކްސިންގެ ތެރެއިން އާބާދީގެ 50،000 މީހުންނަށް ދެވޭނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ، ވެކްސިން ފުރަތަމަ ޖެހުމަށް ނިންމާފައި ވަނީ ސިއްޙީ ޚިދުމަތްތެރިންނަށް ކަމަށެވެ.