ޓްރަމްޕްގެ ވަދާއީ ހިތޯބާއެކު، އިވަންކާގެ ހިފެހެއްޓުމެއްނެތް ކަރުނަ
![](https://dhen.mv/wp-content/uploads/2021/01/38251812-9168023-The_39_year_old_looked_overcome_by_emotion_as_she_watched_Presid-a-71_1611157211306-850x548.jpg)
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން ދެއްވި ވަދާއީ ޚިތޯބު ބެލުމަށް ފަހު ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް ކީރިތި ކުރައްވައިފިއެވެ.
ޓްރަމްޕް ވޮޝިންޓަން ޑީސީ ދޫކުރައްވައި ވަޑައިގެންނެވިއިރު އަރިހުގެ ދަރިކަލުންނާއި ދަރިކަނބަލުން ވެސް ތިއްބެވިއެވެ.
ޓްރަމްޕް ވަދާއީ ހިތޯބު ދެއްވިއިރު، އިވަންކާ ވަނީ ވަރަށް ގަދައަށް ކީރިތި ކުރައްވާފައެވެ. އަދި ކުޑަ ދަރިކަނބަލުން ޓިފަނީ ކީރިތި ކުރެއްވިތަން ވެސް ފެނިގެންދިޔައެވެ،
ޓްރަމްޕް ވަދާއީ ސްޕީޗް ދެއްވިއިރު ޓްރަމްޕްގެ މުޅި އާއިލާ އެކީހެން ވަނީ އެތަނަށް ޒިޔާރަތްކޮށްފައެވެ.
އެމެރިކާއަކީ އަބަދުވެސް ދުރުވިސްނޭ ބަޔަކު ދިރިއުޅެމުން އައި އަދި އުޅޭނެ ޤައުމެއް ކަމަށާއި އެކީގައި މަސައްކަތްކޮށްފިނަމަ އަނެއްކާވެސް އެމެރިކާ "ގްރޭޓް" ވެގެންދާނެ ކަމަށް ޓްރަމްޕްގެ ވަދާއީ ހިތޯބުގައި ވިދާޅުވިއެވެ.
ޓްރަންޕް ވިދާޅުވީ އެމެރިކާގެ 45 ވަނަ ރައީސްގެ ދައުރު މިއަދު ހަމަވާއިރު، މިދިޔަ 4 އަހަރުގެ ތެރޭގައި ކުރެވުނު ކަންކަމާމެދު އޭނާ ފަޚްރުވެރިވާ ކަމަށެވެ. އަދި އަޒުމް ކަނޑައެޅި ހުރިހާ ކަމެއް ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ކުރެވުނު ކަމަށާއި އަދި އޭގެ އިތުރަށްވެސް އެތަކެއް ކަމެއް ޙާސިލްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަންޕްގެ ވާހަކަފުޅުގައި ވަނީ އޭނާއަށް މިދިޔަ 4 އަހަރުގެ ތެރޭގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. މިގޮތުން ފުރަތަމަ ޝުކުރު ދެންނެވީ އަނބިކަބަލުން މަލާނިޔާ އަށާއި ދަރިކަނބަލުން އިވަންކާ އަދި ދަނބިދަރި ޖެރެޑް އަށެވެ. އަދި އެއަށްފަހު ދަރިކަލުން ބެރެން، ޑާން، ޓިފްނީ އަދި ލާރާ އަށެވެ.
މަވެސް ރޮއެރޮއެ ހަލާކު ހުވާ! :'(