ދުނިޔެ

އުމުރުން 10 އަހަރުގެ މި ފިރިހެން ކުއްޖާ 85 ކިލޯގެ ބަރެއް އުފުލައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޖަޕާނުގައި ދިރިއުޅެމުން އަންނަ އުމުރުން އެންމެ 10 އަހަރުގެ “ތައިސުކެ” ނަމަކަށް ކިޔާ ކުއްޖަކު 85 ކިލޯގެ ބަރެއް އުފުލައިލައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ފިރިހެން ކުއްޖާއަކީ ޖަޕާނުގެ ރެސްލިން ކުލާހެއްގައި ތަމްރީނު ވަމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާ ތަމްރީނު ކުރުމުގައި އެންމެ ބުރަ މަސައްކަތެއް ކުރަނީ އޭނާ ބައްޕަ ކަމަށާއި އެގޮތުން ހަފްތާއަކު 6 ދުވަހު ތަމްރީނު ކުލާސްތައް ބާއްވައެވެ.

މީގެ އިތުރުން މި ކުއްޖާގެ ތަމްރީނުތަކުގެ ތެރޭގައި، މޫދަށް އެރުމާއި، “ޕްލޭންކްސް” ޖެއްސުން ހިމެނެއެވެ. އަދި ހަމައެއާއެކު، އެ ކުއްޖާއަށް އެއްވެސް އުކުޅެއް ދަސްކޮށްދޭން ނުޖެހޭ ކަމަށާއި، އެއްފަހަރުން އުކުޅުތައް ދަސްކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން އޭނާ އަށް ލިބިގެންވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ރިޕޯޓުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާގެ ބައްޕަ، އެކުއްޖާގެ ނޭވާ ކުރުވެ ރޮވެންދެން ވެސް މަސައްކަތް ކުރުވާ ކަމަށާއި، އަދި އޭނާ ބައްޕަ ގަބޫލު ކުރާ ގޮތުގައި، އެއީ އެކުއްޖާގެ ކިބައިން “ބެސްޓް” ނެރެވޭނެ ގޮތް ކަމުގައި ވެސް ރިޕޯޓުގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!