އިސްތަށި ކެއުމަށް ދެވި ހިފައިފައިވާ އަންހެނެއްގެ ބަނޑުން 15 ސެންޓިމީޓަރުގެ ދިގުމިން ހުރި އިސްތަށިބޯޅައެއް ނަގައިފި

އިސްތަށި ކެއުމަށް ދެވި ހިފައިފައިވާ އަންހެނެއްގެ ބަނޑުން 15 ސެންޓިމީޓަރުގެ ދިގުމިން ހުރި ބޮޑު އިސްތަށި ބޯޅައެއް ނަގައިފިއެވެ. އުމުރުން 30 އަހަރުގެ މި އަންހެން މީިހާ ޑޮކްޓަރަށް ދެއްކީ ބަނޑުގައި ރިއްސާ އާދަޔާ ޚިިލާފަށް ހޮޑުލެވި މޭ ނުބައި ކުރާތީއެވެ.
އެމެރިކާގައި ދިރިއުޅެމުން އަންނަ މި އަންހެން މީހާ އިސްތަށި ކެއުން ހުއްޓާލިތާ މިހާރު 8 މަސް ވެފައިވާއިރު، މި 8 މަސް ތެރޭގައި އޭނާގެ ހަށިގަނޑުން 6 ކިލޯ ވަނީ ލުއިވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޑޮކްޓަރުން މިކަމާ ގުޅިގެން އިތުރަށް ބެލުމަށް ފަހު އޮޕަރޭޝަން ކުރުމަށް ނިންމައި، އެޕަރޭޝަން ތެރޭގައި އެ އަންހެން މީހާގެ ބަނޑުން 15 ސެންޓިމީޓަރު ދިގުމިން ހުރި ބޮޑު އިސްތަށި ގުޅައެއް ވަނީ ނަގައިފައެވެ. އަދި މީގެ އިތުރުން އެ އަންހެން މިޙާގެ ގޮހޮރުން ވެސް 4 ސެންޓިމީޓަރުގެ އިސްތަށި ބޯޅައެއް ވެެސް ވަނީ ނަގައިފައެވެ.

މި އަންހެން މީހާ ގެ ފަރާތުން ފެންނަމުން ދިޔަ ބައްޔަކީ މިހާތަނަށް މެޑިކަލް ހިސްޓަރީގައި ވެސް އެންމެ 88 ފަަހަރު ފެނިފައިވާ ބައްޔެއް ކަމުގައި އާއި އެއީ "ރިޕަންޒަލް ސިންޑްރޯމް" އެވެ.

މި ބަލީގައި ބަނޑުގައި އެތައް އިރުތަކެއް ވަންދެން އިސްތަށި ހުރުމުގެ ސަބަބުން، މީހާ ހޮޑުލަވާ ގޮތްވެ، ވަރުދެރަވެ އަދި ބަރުދަން ލުއިވުން ވެސް ހިމެނެއެވެ، މިއީ މި ބަލީގެ ކުދި އަލާމާތް ތައް ކަމުގައާއި، އެ އަންހެން މީހާއަށް ގިނަ އަަދަދެއްގެ ޕްރޮޓީންސް އެކުލެވޭ ކާނާ ކެއުމަށް ޑޮކްޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ،