އަދާލަތު ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތި ލައްވައިިފި އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން އެ ޕާޓީން މިހާރު ވަނީ އާންމުކޮށްފައެވެ.
އެ އިންތިހާބަކީ ރިޔާސީ އިންތިހާބަކަށްވުމާއެކު ރައީސާއި ނައިބު ރައީސުގެ މަގާމަށް ކުރިމަތިލެވެނީ އެއް ޓިކެޓެއްގައެވެ.
ޕާޓީން ހާމަކުރި މައުލޫމާތުތައް ބުނާގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ރައީސްކަމަށް ކުރިމަތިލެއްވިއިރު، ރަނިންމޭޓެއްގެ ގޮތުގައި ނައިބް ރައީސްކަމަށް ކުރިމަތިލެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދު އެވެ.
ދެވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރަނީ މިހާރުވެސް ޕާޓީގެ ރައީސްކަން ކުރައްވާ އިިމްރާންއެވެ. ރަނިންމޭޓެއްގެ ގޮތުގައި އިމްރާނާއެކު ޕާޓީގެ ނައިބް ރައީސްކަމަށް ކުރިމަތިލެއްވީ އަހުމަދު ޝަރީފް އެވެ.
އަދާލަތުން ބުނީ އިންތިހާބުގައި ވޯޓް ދެވޭނީ މި މަހުގެ 27 ގެ ނިޔަލަށް ޕާޓީގެ މެންބަރެއް ކަމަށް ރަޖިސްޓްރާ ބަލައިގަންނަ މެންބަރުންނަށް ކަމަށެވެ.