މުނިފޫހިފިލުވުން

އެއްވެސް އަލާމާތެއް ނުފެނި ޑޭވް ޗެޕަލް ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ކޮމީޑިއަން ޑޭވް ޗެޕަލް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި، ޑޭވް ކޮވިޑަށް ފައްސިވުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހުނު އޭނާގެ ޝޯތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ބާއްވަން ރޭވި މިޝޯތަކަކީ ޓެކްސަސް ގައި ބޭއްވުމަށް ހަމަޖެހުނު ޝޯތަކެކެވެ.

ޑޭވް މިވަގުތު ހުރީ ކަރަންޓީނު ގައި ކަމަށް އޭނާގެ ރެޕްރެޒެންޓޭޓިވް ކާރލާ ސިމްސް ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކޮވިޑަށް ފައްސިވީ ނަމަވެސް، ޑޭވް ޗެޕަލަށް މީގެ ކުރިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި މިދިޔަ ޖޫން މަހުން ފެށިގެން ޑޭވް ޝޯތައް ދެމުން ގެންދިޔައީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ކަމަށް ވެސް އޭނާގެ ޓީމުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ޑޭވް ޗެޕަލް ކޮވިޑަށް ފައްސި ވެފައިވާކަން ހާމަވީ ޓެކްސަސް ގައި ދޭން ހަމަޖެހުނު ޝޯގެ ކުރިން އޭނާއާއި އޭނާގެ ޓީމުން ނެގި ރެޕިޑް ޓެސްޓުގެ ނަތީޖާ ފައްސިވުމުންނެވެ.

މިޝޯތަކުގައި ޑޭވް އާއެކު ހަރަކާތްތެރިވާން ހަމަޖެހުނު ކޮމީޑިއަން ޖޯ ރޯގަން ވަނީ ބެލުންތެރިންގެ ކިބައިން މާފަށް އެދި، އެމީހުންގެ ޝޯތައް ވަނީ ރީޝެޑިއުލް ކުރެވިފައި ކަމަށް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!