އެންޑީއޭ އިސްލާހު ކުރުން ލަސްވުމަކީ ލިބޭނެ ގެއްލުމެއް: ރައީސް ނަޝީދު

ނެޝަނަލް ޑްރަގް އޮތޯރިޓީ (އެންޑީއޭ) އަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެ އިސްލާހުތައް ލަސްވުމަކީ ލިބޭނެ ގެއްލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޝަނަލް ޑްރަގު އެޖެންސީއަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމަށާއި އެއީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި އެ މަސައްކަތް ފަސްވެ ލަސްވަމުން ދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންޑީއޭއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާއެވެ.
އެންޑީއޭ އިސްލާހުކުރުމަށް ގޮވާލާ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ވެސް ވާހަކަ ދައްކަމުންނެވެ. އެގޮތުން އެމީހުން އަންނަނީ އެންޑީއޭ އިން ގާނޫނާ އެއްގޮތަށް މިދިޔަ ނުވަ އަހަރު ކަންތައް ނުކުރި ސަބަބު ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.