ޚަބަރު

ކޮވިޑް-19: ސިނެމާތައް ހުޅުވާލަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންދުކުރި ސިނަމާތައް މާދަމާއިން ފެށިގެން ހުޅުވާލަން އެޗްޕީއޭއިން ނިންމައިފިއެވެ.

Ads by MWSC

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިނަމާތައް ބަންދު ކުރުމަށް، އެ އޭޖެންސީން ނެރުނު އަމުރު ބާތިލްކުރަން ނިންމާފައިވާ ކަމަށެވެ.

އަދި "ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާތައް ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރުމުގެ އުސޫލު" އާ އެއްގޮތަށް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސިނަމާތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް އެޗްޕީއޭގެ އިއުލާނުގައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ސިނަމާތައް ބަންދު ކޮށްފައި ވަނީ މާޗު 16 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް މަދުވެ، އާންމު ހާލަތަށް ރުޖޫއަވުމާއެކު ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!