ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް “ޖަޒީރާ ސައްލާއެއް”
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ނަމުގައި ސަރުކާރުން ޙާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ޖަޒީރާ ސައްލާއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް، އަދި ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތައް ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
ޖަޒީރާ ސައްލާ ބާއްވާ ވަކި ތާރީޚެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެންނެވެ. އަދި މި ޕޮރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ. މި ޕްރޮގްރާމަށް ސުވާލާއި ހިޔާލުތައް ފޮނުވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެއެެވެ.
ޖަޒީރާ ސައްލާގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމާފައިވާ އިރު، މީގެ ކުރިން ވަނީ އާންމުންގެ ހިޔާލު ހޯދަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާ ދެމެދުގައި "ޖަޒީރާ ހޮޅުއަށި" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
“ޖަޒީރާ ސައްލާ“ ޕްރޮގްރާމް ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ.
ސައްލާ ކޮށްބަލަ ވެރިކަމުން އިސްތިއުފާދޭނެ ގޮތަކާއިބެހޭ ގޮތުން.