ޚަބަރު

ކޮވިޑް-19: އަމީރު އަޙްމަދު ޕްރީ ސްކޫލްގެ ޓީޗަރަކާއި ބެލެނިވެރިއެއް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަމީރް އަހުމަދު ޕްރީ ސްކޫލުގެ ޓީޗަރަކާއި ބެލެނިވެރިއެއް ކޮވިޑް-19 އަށް ފައްސި ވެގެން، ގިނަ ދަރިވަރުންތަކެއް ކަރަންޓީނު ކޮށްފިއެވެ.

Ads by STELCO

އެސްކޫލުގެ ޓީޗަރަކާއި ބެލެނިވެރިއެއް ފައްސި ވެގެން ޖުމްލަ ހަތަރު ކްލާހެއްގެ ދަރިވަރުން ކަރަންޓީނު ކޮށްފައިވާކަން އެނގިފައިވާ ކަމަށް އޮންލައިން ނޫސް "ސަން" އިން ވަނީ ބުނެފައެވެ.

އަމީރު އަހުމަދު ސްކޫލުން ފުރަތަމަ ފައްސިވީ އެތަނުގައި މަސައްކަތްކުރާ "ޝެޑޯ" ޓީޗަރެކެވެ. ޝެޑޯ ޓީޗަރަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ކަންކަމުގައި އުޅޭ ޓީޗަރުންނެވެ. އެފަދަ ޓީޗަރުން ސްޓާފް ރޫމަކަށް ނުދާނެއެވެ.

ޝެޑޯ ޓީޗަރު ފައްސި ވެއްޖެކަން އެނގުނީ ސްކޫލަށް ހާޒިރު ނުވާތާ ހަތަރު ދުވަސް ފަހުން ކަމަށް އެސްކޫލުގެ ބެލެނިވެރިއަކު ވަނީ ބުނެފައެވެ. އަދި ރައްކާތެރިކަމަށްޓަކައި އެސްކޫލުގެ ދެ ކްލާހެއްގެ ދަރިވަރުން ވަނީ ކަރަންޓީނު ކޮށްފައެވެ.

"އެ ކްލާހުގައި ތިބޭ އަމީރު އަހްމަދުގެ ދެ ޓީޗަރުން ނައްސި. ޑައިރެކްޓް ކޮންޓެކްޓުން އެއީ. ކުޑަކުދިން ވީމަ އަދި ކުރިން އެ ޓީޗަރު އުޅެފަ ހުރީމަ އެޗްޕީއޭ އިން އެންގީ ކަރަންޓީންވާން،" ބެލެނިވެރިޔާ ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެސްކޫލުގެ ބެލެނިވެރިއެއް ވެސް ކޮވިޑަށް ފައްސި ވެފައިވާއިރު، އެބެލެނިވެރިޔާގެ ދަރިފުޅު ސްކޫލަށް ފޮނުވާފައި ވަނީ ސާމްޕަލް ނަގާފައި ވަނިކޮށެވެ. ބެލެނިވެރިޔާ ފައްސިކަން އެނގިފައި ވަނީ އެކުއްޖާ ގެއަށް ދިޔަ ފަހުން ކަމަށާއި އެހެންކަމުން އެކޭސްއާ ގުޅިގެން ވެސް ދެ ކްލާހެއް ކަރަންޓީނު ކަރަންޓީނު ކުރިއެވެ.

"އެ ކުއްޖާ އެ ދުވަހު ސްކޫލަށް ގޮސް ބުނަނީ ވަރުބަލި ވަނީޔޯ. އެ ކުއްޖާގެ މަންމަ ބުނަނީ އެ ކުއްޖާ ޓިއުޝަނަށް ދާތީޔޯ ވަރުބަލި ވަނީ. އެ ކުއްޖާ ގެއަށް ދިޔަފަހުން މަންމަ ފައްސިކަން އެނގުނީ،" މައުލޫމާތު އެނގޭ ބެލެނިވެރިޔަކު ކިޔައިދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!