ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ފުޑުކޯޓަށް ވަދެވޭ ގޮތް އަލުން ހަދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުޑްކޯޓަށް ވަނުމަށް ހުރަސްއެޅޭ ގޮތަށް އެތަނުގައި ޖަހާފައިހުރި ދަގަނޑުތައް ނަގައި އެ މީހުންނަށް ވެސް އެތަނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by MWSC

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒު ވިދާޅުވެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާއްމު ތަންތަނުގެ ތެރޭގައި ހިމެނޭ ފުޑްކޯޓަށް ވަނުމުގައި ހުރަސް އެޅޭތީ، އާއްމު ފަރާތްތަކުންނާއި، މީޑިއާތަކުން ވެސް ކަންބޮޑުވުން ފާޅު ކޮށްފައިވާތީ މާލޭ ސިޓީ ކައުންސިލުން މިހާރު މިކަން ޙައްލު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ކަމުގައެވެ.

ނުކުޅެދުންތެރިކަން ހުންނަ ޒުވާނެއް ކަމުގައިވާ މިރުޒާ މުނީރު ފޭސްބުކުގައި ފޮޓޯއަކާއެކު ހިއްސާކުރި ސްޓެޓަސްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މި މައްސަލަ ޓްވީޓް ކޮށްފައިވާއިރު މާލެ ސިޓީ ކައުންސިލުން ވަނީ ރީޓްވީޓް ކުރައްވާ އެކަން ހައްލުކުރަން މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދަށް ގެނައި ބަދަލުތަކެއްގައި ބައެއް ދިމާލުން ފުޑް ކޯޓަށް ސައިކަލުގައި ނުވަދެވޭ ގޮތް ހެދުމަށް ދަގަނޑުތަކެއް ޖެހުމުގެ ސަބަބުން އެ ސަރަހައްދަށް ފުރޮޅުލީ ގޮނޑީގައި ނުވަދެވޭ ގޮތް ކުރިމަތިވިއެވެ.

Ads by Ooredoo
  1. ކަދުރުކަޅުދައްތަ

    ކަންފަތްމަތީ އެތިފަހަރެއް ޖެހީމަ ނޫނީ ތިމާމެން ނޫން ބަޔަކު އުޅޭކަމެއް ނޭނގޭ. ތިވަރުން ކަންކަމާ ހަވާލުނުވާނީ.