ޚަބަރު

ހަރުކަށި ފިކުރު ފޮހެލަން ބޭނުންނަމަ ދީނުގެ އުސޫލުތައް ދަސްކޮށްދީ: ޑރ. އިޔާޒް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިސްލާމީ ހަރުކަށި މުޖުތަމައުން ފުހެލެވޭނީ ދީނުގެ އުސޫލުތައް ރަނގަޅަަށް ދަސްކޮށްދެވިގެން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ތ.ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރަށް ނިސްތަބްވާ ފަރާތްތަކުން އެރަށުގައި ބޮމުގެ ހަމަލާއެއް ދިނުމަށް ރޭވި ކަމަށް ފުލުހުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި ޑރ. އިޔާޒް ވިދާޅުވީ ހަރުކަށި ފިކުރު ފޮހެލަން ބޭނުންނަމަ މީސްތަކުންނަށް ދީނުގެ އުސޫލުތައް ދަސްކޮށްދޭނެ ޖެހޭ ކަމަށެވެ.

އަދި އެކަމަށްޓަކައި ލާދީނީ ފިކުރުގެ ނުރައްކާތެރިކަން ވެސް ފިލުވަން ވެސް ޖެހޭ ކަމަށް އިޔާޒް ފާހަގަ ކުރެއްވިއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން، 2020 ނޮވެމްބަރު 11 ވަނަ ދުވަހު ތ. ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ތިމަރަފުށިން ހަރުކަށި ފިކުރު ގަބޫލުކުރާ 6 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި 2020 ނޮވެމްބަރު 27 ވަނަ ދުވަހު އިތުރު 2 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރު ކުރެވުނު މީހުންގެ ވަނަވަރު ހާމަކުރެވިފައިވާއިރު ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު މީހަކު އިސްލާމީ ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގައި ހަރަކާތްތެރިވަމުން ދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!