އިދިކޮޅު މުޒާހަރާގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް
މިރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި އެއްވުމުގައި އަނިޔާވި އުމުރުން ދުވަސްވީ މީހެއްގެ ހާލު ސީރިއަަސް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ބުނި ގޮތުގައި މިރޭގެ އެއްވުމުގައި އަނިޔާވެގެން ހާލު ސީރިއަަސްވެފައި ވަނީ ޚަދީޖާ ހުސައިން ނަމަކަށް ކިޔާ މީހެކެވެ. މި މީހާ އަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
އެގޮތުން ހަދީޖާގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައިވާ ކަމަށާއި ޑޮކްޓަރުން މިހާރު އޭނާގެ ހިތުގެ ޓެސްޓެއް ހަދައި ސިޓީ ސްކޭންކޮށް އޭނާއަށް ލިބިފައިވާ އަނިޔާ ޓެސްޓްކޮށް ޗެކް ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ޚަދީޖާ ޙުސައިންގެ މި އަނިޔާއާ ގުޅިގެން ފުލުހުން ހާލަތާ ނުބައްދަލު ފިޔަވަޅު އަޅާފައިވާތީ އިދިކޮޅުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އަދި މިއީ ފުލުހުންގެ އޮފިސަރުންތަކެއް އެންމެ މަތިން އައިސްފައިވާ އޯޑަރަކަށް ކޮށްފައިވާ އަނިޔާއެއްގެ ގޮތުގައި އެ ކޯލިޝަނުން ވަނީ ސިފަކޮށްފައެވެ.
ނަމާދައް ހުއްޓާ އެހެން ހަދާކައްނުވާނެދޯ