ޚަބަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެެލެންޖް: މަސްއޮޑި އަތުން ބަލިވެ ބުރު އެސްސީ ކެޓި އިރު ބޫޗީސް ދެވަނަ ބުރަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގުރޫޕް އެޗް އިން ދެވަނަ ބުރަށް ދާ ޓީމްތައް ކަށަވަރު ވެއްޖެއެވެ. އެގޮތުން އެ ގުރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ މަސްއޮޑި ޓައިޓަންސްއެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ބޫޗީސް އެވެެ.

Ads by Hajj Corporation

އިއްޔެ މި ގުރޫޕްގެ މެޗުތަކުގައި ބައްދަލު ކުރީ މަސްއޮޑި އަދި ބުރު އެސްސީއެވެ. ދެން ފެނިގެން ދިޔައީ ބޫޗީސް އާއި އޭޖީ އެފްސީގެ ކުރިމަތި ލުމެކެވެ.

މަސްއޮޑި ޓައިޓަންސް އާއި ބުރު އެސްސީގެ ކުރިމަތިލުން ނިމުނީ 5-2ގެ ނަތީޖާއަކުން މަސްއޮޑި ޓައިޓަންސް މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި މަސްއޮޑި ޓައިޓަންސްގެ ސާޖިދު ރަޝީދު ހެޓްރިކް ހެދި އިރު ދެން އެޓީމަށް ގޯލްތައް ޖަހައިދިނީ އަހްނަފް ރަޝީދާއި އިބްރާހިމް ރިމާހެވެ. އަދި ބުރު އެސްސީގެ ލަނޑުތައް ޖެހީ މުހައްމަދު ތަސްނީމާއި އީމާން ނަޒީރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަސްއޮޑި ޓައިޓަންސްއަށް ހެޓްރިކެއް ފުރިހަމަ ކޮށްދިން ސާޖިދު ރަޝީދެވެ.

ރޭގެ ދެވަނަ މެޗުގައި ބޫޗީސް އާއި އޭޖީ އެފްސީގެ ކުރިމަތިލުން ނިމުނީ 7-4އިން ބޫޗީސް މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ބޫޗީސްގެ އަހްމަދު ޝާނިޒް ވަނީ ހަތަރު ގޯލް ޖަހާފައެވެ. އަދި ޝާމިލް ރަޝީދު ދެ ގޯލް ޖެހިއިރު ދެން އެޓީމަށް ގޯލް ޖަހައިދިނީ ހަމްދޫން އަބްދުލް ހާދީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޫޗީސްގެ ހަތަރު ގޯލް ޖެހި އަހްމަދު ޝާނީޒެވެ،

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!