ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖު: އަޔާގެ 5 ލަނޑާއެކު ބޫޗީސް ބަލިކޮށް މަސްއޮޑި އެސްސީ ކުއާޓާ ފައިނަލަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ރޭ ބޫޗީސް ކޮޅަށް ގިނަ ގޯލްތަކެއް ޖަހައި މަސްއޮޑި އެސްސީ އިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

Ads by STELCO

މި ދެޓީމު ބައްދަލު ކުރި މެޗު މަސްއޮޑި އެސްސީ އިން ކާމިޔާބު ކުރީ 0-10ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު މަސްއޮޑި އެސްސީ ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު،ކުއާޓާ ފައިނަލުގައި އެޓީމުން ބައްދަލު ކުރާނީ މަސްއޮޑި ނޮއެނާއާ އެވެ. 

ރޭގެ  މެޗުގައި މަސްއޮޑި އެސްސީގެ ފަރާތުން ފެނިގެން ދިޔައީ މޮޅު ކުޅުމެކެވެ. މުޅި މެޗުހެން ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އެޓީމުންނެވެ. އަދި އެޓީމުގެ ޖާރޒީ ނަންބަރު 10، އަޔާޒް އަހްމަދު (އަޔާ)ގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އަދި އޭނާ ވަނީ ރޭގެ މެޗުގައި 5 ގޯލް ވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ އިބްރާހިމް މުބީން އަހްމަދު ދެގޯލް ޖެހި އިރު، އަހްމަދު ސަވީލް އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ގޯލެއް ޖަހާފައެވެ. 

މި މެޗުގައި މަސްއޮޑި އެސްސީއަށް ފަސްގޯލް ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އެޓީމުގެ ޖާރޒީ ނަންބަރު 10، އަޔާޒް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!