ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖު: ޗިކަންސް ބަލިކޮށް ކުއާޓާ ފައިނަލުގެ ފަހު ޖާގަ މަސްއޮޑި ޓައިޓަންސްއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ރޭ ޗިކަންސް އެސްސީ އާއި މަސްއޮޑި ޓައިޓަންސް ވާދަ ކުރި މެޗު އެޓީމުން ކާމިޔާބުކޮށް، ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

Ads by MWSC

މި ދެޓީމު ބައްދަލު ކުރި މެޗު މަސްއޮޑި ޓައިޓަންސް އިން ކާމިޔާބު ކުރީ 5-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މަސްއޮޑި ޓައިޓަންސް ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު،ކުއާޓާ ފައިނަލުގައި އެޓީމުން ބައްދަލު ކުރާނީ ސީކޭއާ އެވެ. 

ރޭގެ  މެޗުގައި މަސްއޮޑި ޓައިޓަންސްގެ ފަރާތުން ފެނިގެން ދިޔައީ ހަލުވި، މޮޅު ކުޅުމެކެވެ. މެޗުގައި މަސްއޮޑި ޓައިޓަންސްގެ އަހްނަފް ރަޝީދު (އަހުއްކޮ) ދެގޯލް ޖެހިއިރު، ދެން އެޓީމުގެ ގޯލްތައް ޖެހީ ނާއިހް މުފިދާއި އިބްރާހިމް ރިމާހު އަދި އިބްރާހިމް ސިމާހެވެ.

މި މެޗުގައި މަސްއޮޑި ޓައިޓަންސްއަށް ދެ ގޯލް ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަހްނަފް ރަޝީދު (އަހުއްކޮ) އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!