ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ކުއާޓާ ފައިނަލުގެ ފޯރިގަދަ މެޗުތައް މިރޭ ފަށަނީ

ޢާލިމް އަބްދުއްލަތީފް

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން ނިމި، ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތައް ކަށަވަރު ވެެއްޖެއެވެ. އަދި ކުއާޓާ ފައިނަލުގެ ފޯރިގަދަ މެޗުތައް މިރޭ ފެށިގެން ދާނެއެވެ.

ކުއާޓާ ފައިނަލުގެ މެޗުތައް ކުޑަހެންވޭރު ދަނޑުގައި މިރޭ ކުޅެވިގެން ދާއިރު، އެންމެ ފުރަތަމަ މެޗުގައި މިރޭ އަށެއް ޖަހާއިރު ވާދަ ކުރާނީ ވީކޭ އަދި ކްލަބް އޯވަންއޯއެވެ. އަދި ދެވަނަ މެޗުގައި ނުވައެއް ޖަހާއިރު، ދަ ރޯޔަލްސް އާއި ރެމްޕޭޖްގެ ކުރިމަތިލުމެއް އޮންނާނެއެވެ. އަދި ދިހައެއް ޖަހާއިރު މަސްއޮޑި އެސްސީ އާއި ނޮއެނާގެ ގަދަހިފުން އޮންނައިރު، އެގާރަ ޖަހާއިރު ވާދަކުރާނީ މަސްއޮޑި ޓައިޓަންސް އާއި ސީކޭ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި އަދި ދެވަނަ ބުރުގައި ވެސް ފޯރިގަދަ މެޗުތަކެއް ފެނިގެން ދިޔައެވެ. ކުއާޓާ ފައިނަލުގެ މެޗުތައް އަދި މާ ފޯރިގަދަ ވާނެ ކަމަށް ގަބޫލު ކުރެވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!