ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖު: ޑީސީ އެވެންޖާސް ކޮޅަށް ލަނޑު ފުންޏެއް ޖަހާ އޯވަންއޯ ކުއާޓާ ފައިނަލަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންްޖުގެ ދެވަނަ ބުރުގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ޑީސީ އެވެންޖާސް ކޮޅަށް ގިނަ ގޯލްތަކެއް ޖަހައި ކްލަބް އޯވަންއޯ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

މިރޭގެ މެޗު ކްލަބް އޯވަންއޯ އިން ކާމިޔާބު ކުރީ 10-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރި ފުރަތަމަ ޓީމަކަށް އޯވަންއޯ ވަނީ ވެފައެވެ.

މިރޭގެ މެޗުގައި ކްލަން އޯވަންއޯގެ ފަރާތުން ފެނިގެން ދިޔައީ މޮޅު ކުޅުމެކެވެ. މިރޭގެ މެޗުގައި އޯވަންއޯގެ އިބްރާހިމް އަސްވަދު (ގަބޭ) ވަނީ މޮޅު ކުޅުމެއް ދައްކާ 4 ގޯލް ޖަހާފައެވެ. އަދި އެޓީމުގެ 7 ނަންބަރު އަލީ ޝިފާއު (ރޮނާ) ވެސް ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. ދެން އެޓީމުގެ ގޯލްތައް ޖެހީ ފައްޔާޒް ފަޔާޒާއި ޖުމައިލް ޖަމީލެވެ. އެގޮތުން، ޖުމައިލް ވަނީ ދެ ގޯލް ޖަހާފައެވެ.

މިރޭގެ މެޗުގައި އޯވަންއޯއަށް 4 ގޯލް ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!