މާލޭގައި މިރޭ އިތުރު މާރާމާރީއެއް ހިންގައިފި

މާލޭގައި މިރޭ އިތުރު މާރާމާރީއެއް ހިންގައިފިއެވެ.
މިރޭ ގާތްގަނޑަކަށް 19:15 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރިން މާރާމާރީއެއް ހިންގައިފައިވާއިރު، މިރޭގެ ދެވަނަ މާރާމާރީއެއް އާސާރީ ހިނގުމުގައި ވެސް ވަނީ ހިންގާފައެވެ.
މިރޭ ގާތްގަނޑަކަށް 21:15 ހާއިރު އާސާރީ ގޯޅީގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ޖަހައިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މާރާމާރީގައި އަނިޔާވީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށާއި މިހާރު އެމީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި މަންޒަރު ދުށް މީހަކު “ދެން” ގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެތަނުގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށާއި، ސީދާ އަދަދު ބުނަން ނޭނގޭ އިރު، ބައެއް މީހުން ފުލުހުންގެ ވެހިކަލަށް އަރުވައި ފުލުސް އޮފީހަށް ގެންދިޔަ މަންޒަރު ފެނުނު ކަމުގައި ވެސް އޭނާ ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޅިގަނޑު ފެށުނީ