ޚަބަރު

އެމްޑީޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ: ޖަމީލް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްޑީޕީއަށް އަބަދު ސަޅި ބައިސާ ނުވިއްކޭނެ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން އިއްޔެ އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ވެސް ވެރިކަން ކުރަން ނޭނގި ހާމަ ވެގެންދިޔައީ ނާގާބިލް ކަން ކަމަށެވެ.

"ވެރިކަމާއި މަޖިލީހުން ސާބިތުވީ އެމްޑީޕީގެ ނާޤާބިލްކަން. ކުރާނެ އިތުރު ތަޖްރިބާއެއް ނެތް. ޕީޕީއެމް އިން ދެއްކީ ތަރައްޤީ. ބްރިޖާއި މަޝްރޫޢުތައް ފެނި ޚުދު މަޖިލިސް ރައީސް އާޝޯހްވި. އެމްޑިޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ. އިންޝާﷲ މިނިވަން އިންތިޚާބެއް ޕީޕީއެމް އިން ފަތަޙަ ކުރާނެ." ޖަމީލް ވިދާޅުވިއެވެ.

ކައުންސިލު އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ފެށުމާ ގުޅޭގޮތުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެ ހިމެނޭ ގޮތުން ރާއްޖޭގެ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށާއި މައި ސަރުކާރަށް ބަރޯސާ ނުވެ ރަށާއި އަތޮޅުތައް ތަރައްގީކުރަން ގާނޫނަށް އިސްލާހު ގެނެސް ދީފައިވާ ބާރުވެރިކަމާއި މިހާތަނަށް ރަށްރަށުގައި ސަރުކާރުން ހިންގި މަޝްރޫއުތަކަށް ބަލާއިރު އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެ ސަބަބެއް ހިސާބު ޖެއްސެވިއިރު ނެތް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!