ކަފު ޖަހައިގެން ގެންދިޔަ ބާޖެއް ގެއްލިފައިވާތީ ކަނޑު ދަތުރު ކުރާ ފަރާތްތައް ސަމާލުވާން އެދިއްޖެ

ކަފު ޖަހައިގެން ދަތުރު ކުރަމުން ދިޔަ ބާޖެއް ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކ. ތިލަފުށިން ފުރައިގެން ވ.ކުނާވަޓަށް ކަފު ޖަހައިގެން ދަތުރު ކުރަމުން ދިޔަ ބާޖެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.
ގެއްލިފައި ވަނީ 120 ފޫޓުގެ ލިއީ ޖެމް2 ނަމަކަށް ކިޔާ ބާޖެކެވެ. ބާޖު ގެއްލިފައި ވަނީ ވ.ކުނާވަށިގެ 5 ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްއެންޑީއެފް އިން ވަނީ މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް އެދިފައެވެ.
މި ހާދިސާގެ ޚަބަރު އެމްއެންޑީއެފަށް ލިބިފައި ވަނީ މިރޭ 22:33 ހާއިރުއެވެ.