މިބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެކުއެކީ އަތުގުޅާލަމާތޯ؟ : ރައީސް މައުމޫން

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކީ ކޮވިޑް-19 ފެތުރެމުން ދާތީ ސަރުކާރުން މިއަދު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތާއީދު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ފެތުރުން ހުއްޓުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
"މިބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެކުއެކީ އަތު ގުޅާލަމާތޯ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއެކު މިކަމުން ނަޞްރު ލިބޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
އެޗްޕީއޭއިން މިއަދު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް މީގެ ކުރިން ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ތީ ދެން ކާކު