ޚަބަރު

ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓާއެކު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

Ads by MWSC

އެގޮތުން ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައި ވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީން ނުވާގޮތަށް ރަށްރަށަށް ދެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު ކަމަށް އެންމެ ފުރަތަމަ ނިންމި ނަމަވެސް އޭގެ ފަހުން ނެރުނު ގައިޑްލައިންގައި އެކަން އޮތީ އުވާލާފައެވެ.

ކޮވިޑް-19 ރާއްޖޭގައި ފައްސިވާ މީހުންގެ އިންސައްތަ އިތުރުވާން ފެށުމުން ސަރުކާރުން ވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ރޭގަނޑު 11 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން މަނާ ކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާދަމާ އިން ފެށިގެން ޕާކުތަކާއި މައިދާން ތަކަށް މީހުން ޒިޔާރަތް ކުރުން ކުރިޔަށް އޮތް ދެ ހަފްތާ އަށް ހުއްޓާލުމަށް އަންގާފައެވެ. އަދި ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ބަންދު ކޮށް ޔުނިވާސިޓީ އާއި ކޮލެޖް ފަދަ ތަންތަނުގެ ކިޔަވައި ދިނުން ކުރިއަށް އޮތް 2 ހަފްތާގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!