ޚަބަރު

ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެމްކޯ މުވައްޒަފުންތަކެއް ކުނި ނަގަނީ

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅިގެން ވެމްކޯއިން މާލޭގައި ކުނި އުފުލައިދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

Ads by STELCO

އެގޮތުން ވެމްކޯއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ އިން ހަފުތާއަކު ކޮންމެ ދުވަހަކު ޚިދުމަތް ދޭނީ ހެނދުނު 8:00ން 11 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 8:00ން 11:00ށް އަދި 14:00ން 20:00ށް ޚިދުމަތް ދޭނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެއެވެ.

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ތިލަފުށީގައި ހިދުމަތް ދޭނީ 08:30ން 20:00ށެވެ. އަދި ހުކުރު ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 14:30ން 20:00ށެވެ.

ކޯލް ސެންޓަރުގެ ހިދުމަތް ހެނދުނު 09:00ން ރޭގަނޑު 20:00 ލިބޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވެމްކޯއިން ބުނީ ހިދުމަތްދޭ ގަޑިތަކަށް މި ގެނައި ބަދަލުތަކަކީ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުނި ނެގުމާއި ކުނި އުކާލުމުގެ ޚިދުމަތަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!