އިންތިޚާބަށް ކުރިމަތިލި 188 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 188 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހާމަ ކޮށްފިއެވެ.
އެ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 117 ކެނޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލި 71 ކެނޑިޑޭޓެކެވެ.
މީގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީގެ 84 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާއިރު، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ނަން އަނބުރާ ގެންގޮސްފައިވަނީ 27 ކެނޑިޑޭޓުންނެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލި 67 ކެނޑިޑޭޓަކު ވެސް ނަން އަބުރާ ގެންގޮސްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކާއި އެމްޑީއޭގެ ކެނޑިޑޭޓަކު ވެސް ވަނީ މިހާތަނަށް ނަން އަނބުރާ ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހަށް އެންމެ ފުރަތަމަ ތާވަލް ކުރެވުނު ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ފަހުންނެވެ. އޭގެ ފަހުން ގާތްގަނޑަކަށް އަހަރެއް ވެފައިވާއިރު، މިހާރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގައެވެ.