ޚަބަރު

ކޮވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު މެންދުރުފަހު 3:42 ގައި ނިޔާ ވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 53 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރާއްޖޭގައި ކޮވިޑަށް ފައްސިވަމުން އަންނަ ފަރާތްތައް ފާއިތުވީ ހަފްތާގެ ތެރޭގައި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ފައްސިވެފައިވާ އަދަދު 100 އަށްވުރެ އިތުރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު އެއަދަދު ވަނީ 200 އަށްވުރެ ވެސް މައްޗަށް އަރާފައެވެ.

އޭގެއިތުރުން ކޮވިޑަށް ފައްސިވެ، ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ އަދަދު ވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން އިއްޔެ ވެސް ހޮސްޕިޓަލުގައި ފަރުވާ ލިބެމުންދާ ފަރާތްތަކުގެ އަދަދު 186 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ ގެ ސާވެލެންސް ޑޭޓާއިން ދައްކާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!