ކޮވިޑް-19: ތިނަދޫ މޮނީޓަރިންގެ ހާލަތަށްލައިފި

ގދ.ތިނަދުއަށް އަރައިފޭބުން މަނާކޮށް، އެރަށް މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ތިނަދޫ މޮނީޓަރިންގަށް ލާފައި މިވަނީ މާލެއިން އެރަށަށް ދަތުރުކުރި ދެ މީހަކު ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި ތިނަދޫން ފައްސި ވެފައި ވަނީ މާލެއިން ހުއްދަ ނަގައިގެން ސަރުކާރުން ފޮނުވި ދެ މީހެކެވެ.
ތިނަދޫން ބަޔަކު ފައްސިވުމާ ގުޅިގެން އެރަށް މޮނީޓަރިންގަށް ލެވިފައިވާއިރު ފައްސިވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ވެސް މިވަގުތު ދަނީ ކުރަމުންނެވެ.
ތިނަދޫ ކައުންސިލު ރައީސް އަލީ އަމްޖަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސި ވެފައިވަނީ މާލެއިން ޚާއްސަ ހުއްދައެއް ނަގައިގެން، ޖެންޑާއަށް ދިޔަ ދެމީހެއް ކަމަށެވެެ.
"ކޮވިޑްގެ އަލާމާތްތައް ފެނިފައި ވަނީ އެ ދެމީހުން ވެސް ތިނަދޫން ދިޔަ ފަހުން. މާލެއަށް ފުރާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު. މިކޮޅުގައި ޖެންޑާގައި އޮތް މައްސަލައެއް ތަހުގީގު ކުރަން ދުރުވި ބައެއް އެއީ" އަމްޖަދު ވިދާޅުވިއެވެ.