ލައިފްސްޓައިލް

ހިމޭނުން ހުންނާނެ ކަމެއް ނެތް، ހަލަނިވޭ!

ދެން އެމްވީ ، ދެން އޮންލައިން

ކުޑައިރު މާ ހަލަނިކޮށް އުޅެން ފެށުމުން އަދަބެއްގެ ގޮތުން ކޮންމެވެސް ތަނެއްގައި ގުޑައި ވެސް ނުލައި އިންނަން ޖެހޭ ފަދަ އަދަބު ލިބުނު ހަނދާން އެބަހުރި ހެއްޔެވެ؟ ބުދެއްހެން އިންނަން ބުންޏަސް، ފައި ތެޅުވުން ފަދަ ކޮންމެވެސް ކަމެއް ނުކޮށް އިނދެވޭ ކަމަކަށް ނުވެއެވެ. ހިމޭނުން އިންނަން މަޖުބޫރުކުރުވާ އެ އަދަބުގެ ގޯސްކަން މިއަދު ސައިންސުން ސާބިތުވެއެވެ.

Ads by Sosun Fihaara

ދިރާސާ ޓީމަކުން ބުނަނީ ތަނެއްގައި މާގިނައިރު އިށީނދެގެން އިންނަން ޖެހުމުން ކުރިމަތިވާ ސިއްހީ މައްސަލަތައް ކުޑަކުރުމަށް، މަޑުމަޑުން ފައި ތެޅުވުން ފަދަ ލުއި ހަރަކާތްތައް މުހިންމު ކަމަށެވެ. ސައިންސްވެރިން ބުނަނީ އިށީނދެގެން އިންނައިރު ފައިން ނުވަތަ އަތުން ގެންނަ ހަރަކާތްތަކުން ހަށިގަނޑަށް ފައިދާކުރާ ކަމަށެވެ. އަތުގައި އޮންނަ ގަލަމުން ނުވަތަ އަތުން މޭޒުގައި މަޑުމަޑުން ޖަހައިލުން ފަދަ ކަމެއް ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މާގިނައިރު އިށީނދެ އިނުމުން ފަޔަށް ލޭ ދައުރުކުރުން ދަތިވެއެވެ. މިއީ ހިތުގެ ބަލިތަކަށް މަގު ފަހިކުރުވަފާނެ ކަމެކެވެ.

"މިހާރު ގިނަ މީހުންނަކީ ޓީވީ ބަލަން ނުވަތަ ކޮމްޕިއުޓަރު ކައިރީގައި ދުވަހުގެ ގިނަ ވަގުތު ހޭދަކުރާ މީހުން،" ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް މިސޫރީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ނިއުޓްރިޝަން އެންޑް އެކްސަސައިޒް ފިޒިއޮލޮޖީ ޖޯމް ޕެޑީލިއާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ދިރާސާގައި ބަލަން ބޭނުންވީ އިށީނދެ އިންނައިރު ފައިން ކުރާ ކުދި ހަރަކާތްތަކުން، ހިތުގެ ބަލިތަކާ ދުރުވާނެ ފަދަ ކަމެއް ހިނގާތޯ ކަމަށެވެ. މި ބެލި ބެލުންތަކުން ލިބުނީ ހައިރާންވާ ފަދަ ނަތީޖާއެއް ކަމަށާއި ކުޑަކުޑަ ހަރަކާތަކުން ވެސް ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް ޕެޑީލިއާ ވިދާޅުވެފައިވެއެވެ.

ދިރާސާގައި ބުނެފައި ވަނީ ފައި ތެޅުވުން ފަދަ ހަރަކާތްތަކުން ލޭ ދައުރުވުން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމަށެވެ. އެކަމަކު ހިނގުމާއި އެހެނިހެން ކަސްރަތުތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ވެސް ދިރާސާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!