ކޮވިޑް-19 ފެތުރި، އަނަންތަރާ ކިހާވަށް ބަންދުކޮށްފި

ރިސޯޓުގެ މުވައްޒަފުންގެ ތެރޭގައި ކޮވިޑް-19 ފެތުރި އަނަންތާރާ ކިހާވަށް މޯލްޑިވްސް ބަންދު ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް އެރަށުގައި މަސައްކަތް ކުރާ 75 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެރަށުގައި ބަލި ފެތުރެން މެދުވެރިވީ ނ. މާފަރުގައި ގާއިމް ކޮށްފައި ހުރި ކޮވިޑް-19 އަށް ޓެސްޓު ކުރާ ލެބުން ކުރި ގިނަ އަދަދެއްގެ ޓެސްޓު ތަކެއްގެ ނަތީޖާ ނުބައި ވުމުންނެވެ.
ނިމިދިޔަ މަހުގެ 21 އިން ފެށިގެން އެ ރިސޯޓު އޮތީ އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތުގައެވެ.
އަނަންތަރާ ކިހާވަކުގައި ކޮވިޑް 19 ގެ އެންމެ ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ މަހުގެ 19 ގައެވެ. ފުރަތަމަ ފަސް މީހުން ޕޮޒިޓިވް ވެފައި ވާއިރު އެމީހުންގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ މުވައްޒަފުންނެވެ.