ދުނިޔެ

ރާއްޖެއަށް ގެނައި ވެކްސިން އުފެއްދި ސިރަމް އިންސްޓިޓިއުޓުން އިތުރު ވެކްސިނެއް ބާޒާރަށް ނެރެނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖެއަށް ގެނައި ވެކްސިން އުފެއްދި ސިރަމް އިންސްޓިޓުޓް އޮފް އިންޑިއާއިން އިތުރު ވެކްސިނެއް އުފައްދަން ނިންމައިފިއެވެ،

Ads by Sosun Fihaara

ސެރަމް އިންސްޓިޓުޓް އޮން އިންޑިއާއިން، އޮކްސްފޯޑުން އުފައްދާފައިވާ ފޯމިއުލާއަށް މިހާރު ވެސް ދަނީ ވެކްސިން އުފައްދަމުންނެވެ. ސިރަމް އިންސްޓިއުޓް އޮފް އިންޑިއާ އިން ބުނެފައިވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ނޮވެވެކްސް ކުންފުނިން ތަރައްޤީކޮށްފައިވާ ފޯމިއުލާއަށް ވެކްސިން އުފައްދަން ނިންމާފައިވާ ކަމަށެވެ.

ނޮވެވެކްސް އިން ކުރިޔަށް ގެންދިޔަ ވެކްސިން ޓްރައިލްތަކުން ދައްކާ ގޮތުގައި އިނގެރޭސިވިލާތުގައި މިވެކްސިން ދިން މީހުންގެ ތެރެއިން 89 އިންސައްތަ މީހުން ކޮވިޑް-19 އިން ސަލާމަތްވެފައިވާ ކަމަށެވެ. މިއާއެކު މި ވެކްސިން 89 އިންސައްތަ ރައްކާތެރި ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ނަމަވެސް ދެކުނު އެފްރިކާގައި ކުރިޔަށް ގެންދިޔަ ޓްރައިލްތަކުން ދައްކާ ގޮތުގައި މިވެކްސިން ރައްކާތެރިއީ 60 އިންސައްތައަށެވެ. ނޮވެވެކްސްއިން ބުނެފައިވަނީ އެފްރިކާގައި މިފަދަ ނަތީޖާއެއް ލިބުނީ، އާ ވޭރިއަންޓްގެ ސަބަބުން ކަމަށެވެ. މިހެންކަމުން މި ނަންބަރަކީ ވެސް ރަނގަޅު ނަންބަރެއް ކަމަށް ނޮވެވެކްސް އިން ހާމަކުރެއެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ނޮވެވެކްސް ކުންފުންޏާއެކު އިންޑިއާގެ ސިރަމް އިންސްޓިޓުޓުން ވަނީ 1 ބިލިޔަން ވެކްސިން ޑޯޒް އުފެއްދުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އެކުންފުނީގެ ސްޕޯކްސްޕާސަންއާ ހަވާލާދީ "ދަ ހިންދޫ ޓައިމްސް" ގައި ބުނެފައިވަނީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ޖޫން މަހުގެ ތެރޭގައި ވެކްސިން ބާޒާރަށް ނެރެވޭވަރުވާނެ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!