ޚަބަރު

ފިހާރައަކަށް ފޭކު ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ އާންމުކުރި ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައަކަށްވަދެ އެފިހާރައިން މުދާ ގެންގޮސް ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އަދި މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފަހަކަށް އައިސް ފިހާރަތަކަށް ވަގު ޓްރާންސްފާ ސްލިޕް ފޮނުވާ މައްސަލައަކީ އިތުރުވަމުން އަންނަ މައްސަލައެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!