ރައީސް ސޯލިހު ފެއިލްވެފައިވާ ކަން ފޮރުވުމަށް ރައީސް ޔާމީންގެ ތަރައްގީ ހަތިޔާރަކަށް ހެއްދެވުން ދެރަވަރު: ޖަމީލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއިލް ވުމުން ސަމާލުކަން އެއްފަރާތް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ހަތިޔާރަކަށް ހެއްދެވުން ދެރަވަރު ކަމަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ދޯހަޅިކަމާއި ލީޑާޝިޕް ނެތްކަން އެނގިއްޖެ ޖަމަށެވެ. އަދި ބޮޑުތަކުން ފެއިލްވުމުން ސަމާލުކަން އެއްފަރާތް ކުރުމަށް ރައީސް ޔާމީންގެ ތަރައްގީ ހަތިޔާރަކަށް ހެއްދެވުން ދެރަ ވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމިއްލަ ވައުދުތަކުން ފުއްދުނީ ކިތައް ޕަސެންޓްތޯ؟ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވަންތޯ؟ ފްލެޓްތައް ހަވާލުކޮށް ދައްކަން ޖެހޭ ވަރު ކުޑަވެއްޖެތޯ؟" ޖަމީލް ވިދާޅުވިއެވެ.
Mi kaarisaa in @ibusolih ge hingumuge dhoahalhikama, leadership neiykan engijje. Bodhuthanun failvumun samaalukan eyfraaikurumah RY ge tharahqee hathiyaarakah hehdhevun dheravaru. Amilla vaudhuthakun fuhdhunee kithah percent tho? Rayyithunge boluga dharani naalhuvaatho? 1/2 pic.twitter.com/bgg9Z0jMOS
— Mohamed Jameel Ahmed (@MJameelAhmed) June 24, 2020
ޖަމީލް ވިދާޅުވީ މިއަދު ގައުމު އެދެނީ ރައީސް ޔާމީން އަޅުއްވައިދެއްވި ފްލެޓްތަކާއި ރަންވޭ އާއި ހޮސްޕިޓަލްގެ ފުރިހަމަ ބޭނުން ލަސްނުކޮށް ހިފޭނެ ގޮތެއް ހެދުމަށް ކަމަށެވެ.
"ހަޤީޤަތަކީ ރައީސް ޞާލިހްގެ ހިންގުމުގެ ގާބިލްކަން ނެތްކަން %90 ރައްޔިތުން ގަބޫލު ކުރޭ." ތަކުރާރުކޮށް ޖަމީލް ވިދާޅުވިއެވެ.
Flat thah havaalukoh, dhakkan jehey varu kuda vejjetho? Miadhu qaum edhenee RY alhaidhevvi flat thakaa, runway aa, hospitalge frurihama beynun lasnukoh hifeyne goiy hedhun. Haqeeqathugai RI ge hingumuge qaabilkan neikmah 90% rayyithun qabool kurey 2/2 pic.twitter.com/3adcIG3Dk5
— Mohamed Jameel Ahmed (@MJameelAhmed) June 24, 2020