ޚަބަރު

ފުލުހުންގެ ބޭނުމަށް 200 ބެރިކޭޑު ހޯދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފުލުހުންގެ ބޭނުމަށް 200 ބެރިކޭޑު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

Ads by STELCO

ފުލުހުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލުން އޭގެ ކޮޕީ ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަން އަންގާނެއެވެ.

ބީލަމުގައި ރެޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ވަގުތަކީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 4:00 އެވެ. އެ ވަގުތު ހަމަވުމުން އެއްވެސް ފޯމެއް ބަލައި ނުގަންނާނެއެވެ. އަދި ބީލަން ހުޅުވުން އޮތީ މިމަހުގެ 12 ވަނަ ދުވަހުގެ 11:00 ޖަހާއިރު އިސްކަންދަރު ކޮށީގައެވެ.

ފުލުހުން 200 ބެރިކޭޑު ހޯދަނީ މުޒާހަރާތަކާއި އެކިއެކި ރަސްމިއްޔާތުތަކާއި ތަފާތު އެކިއެކި ހާލަތްތަކާ ގުޅިގެން މަގު ބަންދު ކުރުމުގައި ބޭނުން ކުރުމަށް ކަމުގައި ވިދާޅުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!