ހަގީގީ ހާދިސާ

މާގިނައިން "ލައިކް ރިއެކްޓް" ކުރާތީ ދިވެހި ޒުވާނަކު ލޯބިވެރިޔާއާ ރުޅިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިހާރަކަށް އައިސް ފޭސްބުކްގައި "ލައިކް ރިއެކްޓް" ކުރުމަކީ ގިނަ ބަޔަކު އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. އަދި މާ ގިނައިން ލައިކް ކުރާތީ އެކަމާ ގުޅިގެން ފޭސްބުކްގައި ނުރުހުން ފާޅު ކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އަދި ލައިކް ރިއެކްޓް ކޮށްފި ނަމަ އެކަން ކުރާ މީހަކު "އަން ފްރެންޑް" ކޮށްލާ ގުޅުން ކަނޑާލާ މީހުން ވެސް އުޅެއެވެ. މިހެން މިކަން ވާން ފެށީ ފޭސްބުކުން އެކި ކަހަލަ ރިއެކްޓް ތައް އުފެއްދި ފަހުންނެވެ.

Ads by Hajj Corporation

މިއީ ދާދި އިހަކަށް ދުވަހު ރައްޓެއްސަކާ ދިމާވުމުން އޭނާ އަހަންނަށް ކިޔައިދިން ވާހަކައެކެވެ. އެވާހަކަ އަޑު އެހުމަށްފަހު ހީހީ ހަލާކު ނުވީ ކިރިޔާއެވެ. އެހެންކަމުން މިވާހަކަ ތިޔަ ކިޔުންތެރިންނާ ހިއްސާ ކޮށްލާނަމެވެ.

މިއީ ހަމަ ދިވެހި ޒުވާން އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާ މާ ގިނައިން "ލައިކް ރިއެކްޓް" ކުރާތީ ރުޅި އައިސްގެން ކުރި ކަމެއްގެ ވާހަކައެވެ. އެންމެ ފުރަތަމަ މި ފިރިހެން ކުއްޖާ އޭނާގެ ލޯބިވެރިޔާގެ ފޮޓޯތަކަށާއި ފޭސްބުކް ޕޯސްޓުތަަކަށް ލައިކް ކުރަން ފެށީ މަޖަލަކަށެވެ. ނަަމަވެސް އެކަމާ އަންހެން ކުއްޖާ ރުޅި އަންނާތީ  އެކަން ފިރިހެން ކުއްޖާއަށް ވީ މަޖާ ކަމަކަށެވެ. އަދި އެހާ ކޫސަނި ކަމަކާ ވެސް ސިނގު ރުޅި އަންނަނީ ކަމަށްބުނެ މަލާމާތްކޮށް، އޭނާ އެކަން ކުރުމުގައި ދެމިހުއްޓެވެ.

ކަންތައްތައް ވެގެން ދިޔައީ ފިރިހެން ކުއްޖާ ހީކުރި ގޮތަކަށް ނޫނެވެ. އަންހެން ކުއްޖާއަަކަށް މާ ގިނަ ދުވަހަކު ފިރިހެން ކުއްޖާ ލައިކް ކުރާތީ އެކަން "ހަޖަމެއް" ނުވިއެވެ. އަދި އޭނާގެ ރުޅިގަނޑު ކޮންޓްރޯލެއް ވެސް ނުކުރެވުނެވެ.

އަންހެން ކުއްޖާ އޭނާގެ ޕްރޮފައިލް ފޮޓޯ އަޕްލޯޑް ކޮށްލުމުން ފިރިހެން ކުއްޖާ ލައިކް ރިއެކްޓެއް ކޮށްލިއެވެ. އެހިސާބުން އަންހެން ކުއްޖާ ވަނީ ވަރަށް ނުރުހުންވެ ފިރިހެން ކުއްޖާއާ ވާހަކަ ދައްކާފައެވެ. އަދި ލައިކް ރިއެކްޓް ކުރާ ނަމަ އެކުގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އަދި އަންހެން ކުއްޖާ ވަނީ ފިރިހެން ކުއްޖާ ދޫކޮށް ގޮސްފައެވެ. ފިރިހެން ކުއްޖާ ވެސް މައާފަށް އެދުމުގެ ބަދަލުގައި އައީ ރުޅިއެވެ. އެފަދަ ކުޑަކުޑަ ކަމަކާއި ގުޅިގެން "ބްރޭކް އަޕް" ވާނީ ލޯބި ނުވާތީ ކަމަށް ބުނެއެވެ.

ކޮންމެއަކަސް ލައިކް ރިއެކްޓްގެ ސަބަބުން އެދެމީހުންގެ ގުޅުން ކެނޑުނީއެވެ. ނަމަވެސް ގާތްގަނޑަކަށް ދެތިން ހަފްތާއަކު ދެމީހުން ރުޅި ހަދާލައިގެން ތިބުމަށްފަހު ދެމީހުން ވެސް ވަނީ އެކަކު އަނެކަކާ ވާހަކަ ދައްކާފައެވެ. އަދި އެކަކު އަނެކަކަށް މައާފަށް އެދި ދެމީހުން އަނެއްކާ ވެސް ވަނީ ގުޅިފައެވެ.

ޖެހޭ މިފަދަ ކޫސަނި ކަންކަމުގައި ގުޅުން ކަނޑާލާ ނަމަ ދުވަހަކު ވެސް އެކުގައި ނޫޅެވޭނެ ކަން ޔަގީނެވެ. އެގޮތުން މިފަހަރު ދެ ލޯބިވެރިއެއްގެ ދޭތެރެއަށް ވަދެފައި މިވަނީ "ލައިކް ރިއެކްޓް" އެވެ. މާދަމާ ދެމަފިރިން ދޭތެރެއަށް ވަންނާނީ މީސްމީޑީއާގެ ކޯޗެއް ކަން ލަފާ ކޮށްލަން ވެސް ދައްޗެވެ. ކުރާނެ ކަމެއް ނެތެވެ. ގެންދަވާނީ ދައްކަވަން ހުުރި ދުވަހެއް ދައްކަވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!