ޚަބަރު ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިނިސްޓަރ އޮފް ޓެލެކޮމިއުނިޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by MWSC

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. އަދި މިނިސްޓަރު މަލީހް މަޤާމުން ވަކިކޮށްދެއްވުން އެދި ރައީސް ޞާލިހުއަށް ސިޓީފުޅެއް ވެސް ވަނީ ފޮނުވާފައެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މީކާއިލް ވަނީ މަލީހުގެ އިތުބާރު ނެތް ކަމަށް ޕީޖީން ނިންމި ނިންމުން ތަންފީޒު ކުރެއްވުމަށް އާޒިމަށް ގޮވާލައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!