ޚަބަރު

ޤަވާއިދާ ޚިލާފަށް ލަންކާގައި ދިރިއުޅެމުންދިޔަ ދިވެހި އާއިލާއެއް ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި ޝްރީލަންކާގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ދިވެހި އާއިލާއެއް ހައްޔަރު ކޮށްފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" ގައި މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، އޭގެތެރެއިން އެކަކު ވިސާނެތި ފަސް އަހަރު ދުވަސް ވަންދެން ލަންކާގައި ދިރިއުޅެފައިވާކަން އެނގިފައިވާ ކަމަށެވެ.

މިހާރު ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މިއާއިލާގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑައިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން އެކަން ފޮރިން މިނިސްޓްރީން މިހާރު ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ގައުމެއްގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން" މިއުވާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!