ޚަބަރު

ސްޓިކަރ ޖަހަން ފެށީ ޕާކް ކުރާނެ ތަން ދައްކާފައި: ސަރުކާރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅަކީ ޕާކް ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުން ކަމަށާއި ގަވާއިދާ ޚިލާފަށް ޕާކް ކުރާ އުޅަނދުފަހަރުތައް ޕާކިން ޖޫރިމަނާތައް ކުރަމުން ދަނީ އެ ވައުދުފުޅު ފުއްދެވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަބްރޫކް ވިދާޅުވީ މާލޭގެ ޕާކު ކުރުމުގެ ދަތިކަން ދިމާވެފައިވައިރު ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން އެތައް ޕާކިން ޒޯނެއް ހެދި ޕާކިން ޒޯނުގެ މައްސަލަޔަށް ހައްލު ހޯދިފައިވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

“ހަމަ ޕާކިން ޒޯނެއް ހުއްޓާ އޭގެ އަނެއްކޮޅުގައި ޕާކު ކޮށްފަ ހުރޭ. މިކަހަލަ މައްސަލަތައްވެސް މިކަމުގައި ދިމާވޭ. އެ ޖާގަ ނުދީ ޖޫރިމަނާ ކުރުމަކީ ހަމަޖެހޭ ވިސްނުމެއް ނޫން.” މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް މަބްރޫކް ވިދާޅުވީ، މާލޭގެ ޕާކިން ޒޯންތަކުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށާއި ސަރުކާރުގެ ވިސްނުންފުޅަކީ މާލޭގައި ގިނަ ޕާކިން ޒޯންތައް ހަދާ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާކު ކުރެވޭނެ މަގު ، ފަހި ވެގެން ދިޔުން ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!