މާލޭގައި ދިވެހި ވަކީލަކު އަމިއްލަ އަށް މަރު ވެއްޖެ
ދިވެހި ވަކީލަކު އަމިއްލަ އަށް މަރުވެއްޖެއެވެ.
"ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ދަންޖެހިގެން ކަމަށާއި މަރުވީ މާލޭގެ ގެއެއްގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދަން ޖެހިގެން މަރުވެފައިވާ ގާނޫނީ ވަކީލަކީ ކުރީގެ ފުލުހެކެވެ. އަދި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.
އޭނާ އަކީ މިހާރު އަމިއްލަ ލޯ ފާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނޯޓް: އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."