ޚަބަރު

ސިޔާސީ މަގާމުތަކުގައި 606 މުވައްޒަފުން އެބަތިބި : މަބްރޫކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިޔާސީ މަގާމުތަކުގައި 606 މުވައްޒަފުން އެބަތިބި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަބްރޫކް މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މަބްރޫކް ވިދާޅުވީ ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންނަކީ ސިވިސް ސާވިސް ކެޓެގަރީން ބޭރުން ބަޖެޓް ކުރާ މުވައްޒަފުން ކަމަށެވެ.

އަދި ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސްޓާފުންނާއި، ކޮމިއުނިޓީ ސްޓާފުން އަދި ބޭރު ގައުމުތަކުގެ އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭނީ ޕޮލިޓިކަލް އެޕޮއިންޓީސްގެ ކެޓެގަރީގައި ކަމަށެވެ. ސިޔާސީ މަގާމުތަކުގައި މި އަދަދަށް މީހުން ތިބި ނަމަވެސް ހުރިހާ މުވައްޒަފުންނަކީ އެކެޓެގަރީގެ މީހުން ނޫން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މި ޕްރެސްގައި ހިޔާ ފްލެޓްގެ މައުލޫމާތުގެ އިތުރުން މި އަހަރު ތެރޭގައި ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ވެކްސިންގެ މައުލޫމާތު ވެސް މަބުރޫކް ވަނީ ރައްޔިތުންނާ ހިއްސާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!