މިތާ ފައްޅި އަޅާ "ގޭ ރައިޓްސް" ދޭކަށް ލާހިކެއް ނޫން!: ޝެއިޚް އަލީ ޒައިދް
ރާއްޖޭގައި ފައްޅި އަޅާ އެއް ޖިންސުން ގުޅުން ހިންގުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ދިނަ ނުދޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.
އަނެއްކާވެސް ލާދީނީ ރިޕޯޓެއް ލިޔެފައިވާ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ "އުތެމަ" އިން ނެރުނު ރިޕޯޓާއި ގުޅޭގޮތުން ޝެއިޚް ޒައިދު ރޭގައި ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުތެމާ ކިޔާ ކޮންމެވެސް ޖަމާޢަތަކުން މިރާއްޖޭގައި ފައްޅި ނޭޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ރިޕޯޓެއް ޝެއިޚް އަށް ވެސް ފެނިފައިވާ ކަމަށެވެ.
"އުތެމަ އޭ ކިޔާ ކޮންމެވެސް ޖަމާޢަތަކުން މިރާއްޖޭގައި ފައްޅި ނޭޅިގެންނާއި ގޭ ރައިޓްސް ނުދެވިގެން ކަންބޮޑުވުން ފާޅު ކޮށްފައިވާ ރިޕޯޓެއް އަޅުގަނޑަށް ވެސް ފެނިއްޖެ! މިމީހުން އަވަހަށް ތަޢުބާވުމަށް މިފުރުސަތުގައި ގޮވާލަން! މިތާ ފައްޅި އަޅާ ގޭ ރައިޓްސް ދޭކަށް ލާހިކެއް ނޫން إن شاء الله " ޝެއިޚް ޒައިދުގެ ޓްވީޓުގައި ވެއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ކުރިން ލާދީނީ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ދިފާއުކޮށް، އުތެމަ އިންވެސް ލާދީނީ ރިޕޯޓެއް ލިޔެފައިވާތީ އެފަރާތާއިމެދު ފިޔަވަޅު އެޅުމަށް ދީނީ ޢިލްމުވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލާފައެވެ.
#Uthema ey kiyaa konmeves jamaa'athakun mi raajje ga fahlhi neylhigennaa Gay rights nudhevigen kanboduvun faalhukohfaivaa Report eh alhugandah ves fenijje! Mi meehun avahah thaubaa vumah mifurusathugai govaalan! Mithaa fahlhi alhai Gay rights dheykah laahikeh noon insha Allah!☝️
— Ali Zaid (@alizaid1000) June 25, 2020