ޚަބަރު

ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ ކަމަށާއި ދެންވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ 15 ވަަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ،

އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށާއި ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް މަރުހަބާ އެމްޑީޕީ. މާތްﷲ ގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެންބަރުންނަށް، އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފޮނުއްވާފަ އެވެ.

ސިޔާސީ ޕާރޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!