ޚަބަރު

އިރުއޮއްސި 6 އިން ހެނދުނު 6 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަދުން ފެށިގެން، އިރުއޮއްސި 6 އިން ހެނދުނު 6 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ގެޒެޓް ކޮށްފައިވާ އުސޫލެއްގައި ބުނެފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލޭގައި، މިއަދުން ފެށިގެން ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރާ ކަމަށެވެ.

އަދި މިވަގުތުތަކުގައި ތިރީގައިވާ ފަރާތްތައް މިއުސޫލަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

1 .ސިފައިންނާއި ފުލުހުން.
2 .ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު .
3 .އެމްބިއުލަންސް.
4 .ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފާސް ލިބިފައިވާ ފަރާތްތައް.
5 .އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް.

މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 186 މީހުން ފައްސިވެފައި ވެއެވެ. އެއީ މާލެއިން 162 މީހުންނާއި، އަތޮޅުތެރެއިން 14 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 10 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!