“މަގޭ ފްލެޓު ކޮބާ” މުޒާހަރާގައި ޕެޕަރ ސްޕެރޭ ޖެހުމުގެ ސަބަބުން ތިންމީހަކު ހޮސްޕިޓަލަށް!
 
                                                    “މަގޭ ފްލެޓު ކޮބާ” މުޒާހަރާގައި ޕެޕަރ ސްޕެރޭ ޖެހުމުގެ ސަބަބުން އަނިޔާ ލިބުނު ތިން މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
“އިންސާފު ކޮބާ” ގެ ނަމުގައި މާލޭގައި ކުރިއަށް ދާ މި މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، ޕެޕަރ ސްޕްރޭ ޖަހާފައި ވަނީ މަޖިލިސްކުރާ ގެ ކައިރިންނެވެ. އަދި ތިން ފަހަރެއްގެ މަތިން ފުލުހުން ޕެޕަރ ސްޕްރޭ ޖަހާފައިވާއިރު މި މުޒާހަރާގެ މުޒާހަރާވެރިންނާ ދެކޮޅަށް ފުލުހުން މުގުރު ވެސް ބޭނުން ކޮށްފައި ވެއެވެ.
 
  
މުޒާހަރާގެ ބައިވެރިން މުޒާހަރާ ނިންމާލާފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އަދި މި މުޒާހަރާގައި ފުލުހަކަށް ވެސް ވަނީ އަނިޔާ ލިބިފައެވެ. މިއަދުގެ “އިންސާފު ކޮބާ” މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވާއިރު، ފުލުހުން ވަނީ އެމީހުން ހުއްޓުވުމަށް ޕެޕަރ ސްޕްރޭ އާއި މުގުރުގެ ބޭނުން ވެސް ކޮށްފައެވެ.
 
  
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
