މޮޔަ ގޮވަމުން މާލެތެރޭ ދުވަން ފުރުސަތު ދީގެން ނުވާނެ: ނިޒާރު

މޮޔަ ގޮވަމުން މާލެތެރޭ ދުވަން ފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މުޒާހަރާ ކުރުމަށް ފުރުސަތު ދޭނަމަ އައްޑޫގައި ވިޔަފާރި ބަންދުކޮށްގެން ރަށު ބަންދުވެފައި އެތައް ސަތޭކަ ބަޔަކު ރަށަށް ނާދެވި އެޗްޕީއޭ އަށް އާދޭސް ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
“މާލެ ގައި މުޒާހަރާ ކުރުމަށް ފުރުސަތު ދޭނަމަ އައްޑޫގައި ވިޔަފާރި ބަންދު ކޮށްގެން ރަށު ބަންދުވެފަ، އެތައް ސަތޭކަ ބަޔަކު ރަށަށް ނާދެވި އެޗްޕީއޭ އަށް އާދޭސް ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ. އެއްވެސް އަސާސެއް ނެތް ޝަކުވާތަކެއް ކުރަމުން މޮޔަ ގޮވަމުން މާލެ ތެރޭ ދުވަން ފުރުސަތު ދެވިގެން ނުވާނެ” ނޖޒާރު ކުރެއްވި ޓްވީޓުގައި ވެއެވެ.
ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެޔަކާއި ހަފްތާ ބަންދުގައި މާލޭގައި އެއްވުންތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.
ކަލޭ މޭ ޔަރުކަން ބޭނުން ވެގެން މޮޔަގޮވަނީ
އިންޝާﷲ ކަލޭނުހޮވޭނެ
އެހެން މީހުންގެ ހިތާމަ ތަކުގަ ލޮނުމިރުސް އަޅަންނާ
ރައްޔިތުން ލޯބިވާނީ ރައްޔިތުން ބޭނުން ކައްތައް ކޮއްދޭ ވެރިންދެކެ
ކަލޭ މޭޔަރު ކަން ބޭނުން ވާފަދައިން ނިކަނެތިން ބޭނުންވަނީ ބޯހިޔާވަހިކަން.
ނިކަން މިހާރު ލިސްޓަސް ނަން އެރިމީހުން ލިސްޓުން އުނިކޮއްބަލަ މޮޔަނުވޭތޯބަލަން