ކުރިން ދޫކޮށްފައިވާ ޕާމިޓްތައް މިހާރު ބޭނުމެއް ނުކުރެވޭނެ: ފުލުހުން
ކުރިން ފުރަބަންދުގެ ހާލަތަށް ދިޔައިރު ދޫކޮށްފައިވާ ޕާމިޓްތައް ވެހިކަލް ދުއްވުމަށް މިހާރު ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކުރިން ފުރަބަންދު ކުރި އިރު ދޫކޮށްފައިވާ ބައެެއް ފާސްތައް ބައެއް ފަރާތްތަކުން ބޭނުން ކުރަމުން ގެންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ފާސްތައް މިހާރު ބޭނުން ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި އަދި ކާފިއު ވަގުތުގައި ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ފުލުހުން އާންމު ކޮށްފައިވާ ލިންކު ( police.gov.mv/permit ) ބޭނުން ކުރުމަށެވެ. އަދި ޕޮލިސް ޕާރމިޓް ސެންޓަރުތަކަށް 1665އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ބަލި ކޮންޓްރޯލް ކުރުމަށް ޑިރެކްޓަރ ޖެނެރެލް އޮފް ޕަބްލިކް ހެލްތުން އަންގަވާފައިވާ އެންގުންތަކަށް ކިޔަމަންނުވެ، އެކަން ތަކުރާރު ވާނަމަ ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.